ރައްޔިތުންގެ ނިންމުމާއި ކުޅެލައިފިނަމަ ލަފުގަހިފާ ދުރުކޮށް ރައްޔިތުން އިންތިޚާބު ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ހުވާ ކުރައްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ބުދަދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.
Adintho, Mathintho, Dhashuntho,Ethereyntho noonee Beyruntho nuvisnavaathi. Allah iraadhafulhaaeku rayyithunge ninmumaa kulhelaifinama lafuga hifaa dhurukoh rayyithun inthikhaabu kurin Raees Hon. @ibusolih huvaa kuravvaane. Kanboduve nulavvaa. Hurihaa kamehves huree reyvifa.
— Ahmed Mahloof (@AhmedMahloof) October 10, 2018
އަޑިންތޯ، މަތިންތޯ، ދަށުންތޯ، އެތެރޭންތޯ ނޫނީ ބޭރުންތޯ ނުވިސްނާތި. ﷲގެ އިރާދަފުޅާއެކު ރައްޔިތުންގެ ނިންމުމާ ކުޅެލައިފިނަމަ ލަފުގަހިފާ ދުރުކޮށް ރައްޔިތުން އިންތިޚާބުކުރި އޮނަރަބުލް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރައްވާނެ. ކަންބޮޑުވެނުލައްވާ. ހުރިހާ ކަމެއްވެސް ހުރީ ރޭވިފަ" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ އިތުރު ޓްވީޓެއްގައި ވެސް ވަނީ " ޑޯންޓް ބީ 1000" ވިދާޅުވެފައެވެ.