ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައްޔިތުން ނޫނެކޭ ބުނުމުން އިންތިޚާބު ބާތިލް ކުރަން ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
Rayyithun noonakey bunumun ves rayyithunge nimmun bathilukuran dhusthooree massala ekey bune olhuvaalaigen SC ah hushahelhumakee ladhuvethikamuge evves minvareh nuakamuge alaamathekeve.
"Thibaa ladhuvethi nuvaanama thiba beynun kameh kuraasheve" حديث
اللهم سَلِّمْ سلم— Ilyas Hussain (@shkilyas) October 12, 2018
" ރައްޔިތުން ނޫނެނޭ ބުނުމުންވެސް ރައްޔިތުންގެ ނިންމުން ބާތިލްކުރަން ދުސްތޫރީ މައްސަލައެކޭ ބުނެ އޮޅުވާލައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނުވާކަމުގެ އަލާމާތެކެވެ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
ޝެއިޚް އިލްޔާސް މި ގޮތަށް ވިދާޅުވިއިރު ރައީސް ޔާމީން ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލާގައި އިބްތިދާއީ ޖަވާބު ދިނުން މިއަދު ކުރިއަށް ދާނެ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލް ކުރެވިފައެވެ.
ކޯޓް ތަކަށް ފަނޑިޔާރުން އަންޔަން ކުރާ ޖޭއެސްސީގެ މެމްބަރަކު މެދުވެރިކޮށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސިއްރު ހެއްކާއި، އަގޮނޓިއަކާއި ވޯޓް ކަރުދާސް ޕްރިންޓް ކުރި އެމް ސެވަންއާއި މެދު އޮތް ޝަކުވާ ތަކެކެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފައެވެ.