ސިޔާސީވުމަކީ އަނބިދަރިންނާއި އާއިލާގެ އަބުރު ކަތިލެވެންޖެހޭ މަސައްކަތެއް ނޫންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ސިޔާސީ ގޮތުން ފިކުރު ތަފާތުވާ ފަރާތްތަކުގެ އަނބިދަރިންނާއި އާއިލާގެ މެމްބަރުން ގިނަ ކުރުމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ކުރާ ނޭދެވޭ އަމަލުތަކަށް އިޝާރާތްކުރައްވާ ކަމަށް ބެލެވެއެވެ.
Siyaasee Vumakee anbi dharin naai aailaa ge aburu kathi leven jehey masakkathei noon. Hiyaalu thafaathu vumakee Democracy ge asaasei. Visnavaa.
— Ali Nizar (@DhekunuNizar) October 15, 2018
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ދަރިއެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރުވާ ބައެއް ފަރާތްތަކުން އެދަރިފުޅަށް ނިސްބަތްކޮށް ބަސްތައް ބުނަމުންދާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރައްވާ މަންމަގެ އަނިޔާވެރިކަމުގެ އަގު ދަރިފުޅު ދައްކާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
Azima akee QA aai qaanoonu thah fundufundukoh rayyithunge haqquthah nigulhaiganefaivaa meeheh. Adhi miadhu masahakaiy ekuranee rayyithunge vote ves feyriganeveytho.
Namaves eynaage aailaa aai dharinnaa behun balaeh nuganevey.
— Ahmed Mahloof (@AhmedMahloof) October 14, 2018
މަހްލޫފްގެ ޓްވީޓްގައި އޭނާ ވިދާޅުވީ އާޒިމާއަކީ ގާނޫނު އަސާސީއާއި ގާނޫނުތައް ފުނޑުފުނޑުކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ މީހެއް ކަމަށެވެ. އަދި މިއަދު މަސައްކަތް ކުރަމުން އެދަނީ ރައްޔިތުންގެ ވޯޓު ވެސް ފޭރިގަނެވޭތޯ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އާއިލާއާއި ދަރިންނާއި ބެހުން ބަލައިނުގަނެވޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.