Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ޔާމީންގެ ފަރާތުން ސިއްރު ހެއްކަކަށް ލިޔެވޭ އަނގޮޓިތަކެއް އެތެރެކުރި މީހެއް!

ރައީސް ޔާމީން ޅ. ކުރެންދޫ ރައްޔިތުންނާއި ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސިއްރު ހެއްކަކަށް "ލިޔެވޭ އަނގޮޓިތަކެއް" އެތެރެކުރި މީހަކު ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ސިއްރު ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން އެދުނު މީހާ އަކީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެގެން ލިޔެވޭ އަނގޮޓިތަކެއް އެތެރެކުރި ކަމަށް ބުނާ މީހެކެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ "ލިޔެވޭ އަނގޮޓި" ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި ކަމަށެވެ.

އެކަން ސާބިތުކުރުމަށް ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް ޔާމީންގެ ގާނޫނީ ވަކީލުން އެދިވަޑައިގެންނެވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާއި މެދު ގޮތެއް ނިންމާނީ ޝަރީއަތުގެ ބްރޭކަށް ފަހު ކަމަށް ވިދާޅުވެފައެވެ.