ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔައީ އެ ދައުވާ ސާބިތު ނުވާނެ ކަން އެނގޭތީ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައި ވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ މިއަދު ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވާއިރު އެއީ ކީއްވެގެން ކަމެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ބާތިލު ދޮގު ދައުވާއެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ 12 މެންބަރުންގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު މަޖިލީހަށް ވަންނަން އުޅުމުންނެވެ.
Rayyithunge majleehah vadhegen rayyithun majleehuge memberunnaai dhekolhah koffaivaa dhauvaa PG offeehun anburaa gendhiyaee e massala saabithu nuvaanekan enguneema. E ee baathilu dhogu dhauvaa eh.
— Ali Hussain (@AleeVoice) October 15, 2018
އެ ދުވަހު މެންބަރުން މަޖިލީހަށް ވަންނަން އުޅުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި މަޖިލީހުގެ އިދާރާގެ ތެރެއަށް ވެސް ކޯޓު އަމުރަކާއި ނުލައި ފުލުހުން އެދުވަހު ވަނީ ވަދެފައެވެ.
މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަނީ، ސިފައިން އެދިގެން ކަަމަށް ބުންޏަސް ގާނޫނުގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް މަޖިލީހަށް ނުވަދެވޭނެއެވެ