ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އެ އިންތިޚާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ފަހު އަޑުއެހުމަށް ވަނުމަށް މީހަކު ކިޔޫގައި ބެހެއްޓުމަށްފަހު މިއަދު ހެނދުނު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ކިޔޫއަށް އެރުއްވުމުން އޭނާ ކިޔޫއިން ބޭރުކުރި ނަމަވެސް މިހާރު އެ މައްސަލަ ބެލުމަށްފަހު އަޑުއެހުމަށް ވައްދައިފި ކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ވަނީ އޭނާގެ ރަސްމީ ޓްވިޓާގައި ކުރެއްވި ޓްވީޓަކުން ކަށަވަރު ކޮށްދެއްވާފައެވެ.
Massala belumahfahu aduehumah alhugandu vahdhaifi.
— Ahmed Mahloof (@AhmedMahloof) October 16, 2018
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވޭ އަޑުއެހުމަކީ ފަހުގެ ތާރީޚެއްގައި ދިވެހި އެންމެހާ ރައްޔިތުން އެ މައްސައެއް ނިމޭނެ ގޮތެއް އަޑުއެހުމަށް ކެތްމަދުވެފައިވާ މައްސަލައެއްގެ އަޑުއެހުމެކެވެ.
ޝަރީއަތް އަޑުއެހުމަށް ވަނުމުގެ ފުރުސަތު ދެނީ އާންމުންގެ ގާތްގަނޑަކަށް 25 މީހުންނަށެވެ. އޭގެ އިތުރުން 10 ނޫސްވެރިއަކަށާއި އެ މައްސަލަ އަށް ތަދައްހުލްވެފައިވާ ޕާޓީތަކަށް ވަކި އަދަދެއްގެ މީހުންނަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުންތަކަށް ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔާލާ ކިއުގައި ޖެހިގެން ވަދެފައި ވެއެވެ.
މިއަދު 10:00 ގައި ބާއްވާ އަޑުއެހުމުގައި އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނެއެވެ.
ސުޕްރީމް ކޯޓު ސަރަހައްދުގައި އެސްއޯ ފުލުހުންނާއި ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.