Last Updated: November 28, 13:13
Thursday, November 28, 2024
ޚަބަރު

ދޮގުހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެެއްކެއް: ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސް ޙުސައިން

ރައްޔިތުންގެ ހައްގު ނިގުޅައިގަތުމަށް އުފަންކުރި ދޮގުހެކި ސުޕްރީމް ކޯޓުން ބަލައިނުގަތުމަކީ ރައްޔިތުންނަށް ނަސްރު ލިބޭނެ ކަމުގެ ހެއްކެއްް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެެއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި މިހެން ވިދާޅުވެފައި މިވަނީ ރައީސް އަބްދުﷲ ޔާމިން މިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި ހެކިންގެ ހެކިބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާ، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝެއިޚް ވިދާޅުވީ ހަގީގަތް ގަބޫލުކުރުމަށްފަހު ނަފްސުގެ އެދުންތަކަށް ތަބާވެ ބާތިލަށް ނަސްރުދޭން އުޅުމަކީ މާޒީގަވެސް ހިނގާފައިވާ ކަންކަންކަމަށެވެ.

"އިންޝާ ﷲ ރައްޔިތުންނަށް ނަސްރު ޔަގީން" ޝެއިޚް ވިދާޅުވިއެވެ.