ނިމިދިޔަ ފަސް އަހަރުގައި މިވަނީ ގައުމުގެ އިސްތިޤްލާލް ގެއްލި ޤައުމީ ސިޔާސަތު ފެއިލްވެފައި ކަމަށާއި އެހެން ކަމުން ރައީސް ޔާމީން އެ ދައްކަވަނީ ދެކޮޅު ނުޖެހޭ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޢަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމް ޤައުމާއި މުޚާތަބް ކުރައްވާ އެ މަނިކުފާނު ކުރެއްވި ކޮންމެ ކަމެއް ކުރެއްވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
RYameen e dhakkavany dhekolhu nujehey vāhaka! Nimi dhiya 5 aharuga mi vany gaumuge isthigulālu gelli gaumy siyāsath fail vefa. Dhaulathuge thereyga vany corruptionai, aniyāverikamai, beyinsāf, adhi laadhēnee falsafāeh ashagenfa! Khārijee siyāsath vany vaki gaumakah vikkālaafa!
— Saud Hussain MP (@SaudVillingili) October 17, 2018
ސައުދު އިތުރަށް ވިދާޅުވީ ދައުލަތުގެ ތެރޭގައި ވަނީ ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ބޭއިންސާފު، އަދި ލާދީނީ ފަލްސަފާއެއް އަށަގެންފައި ކަމަށެވެ. ޚާރިޖީ ސިޔާސަތު ވަނީ ވަކި ގައުމަކަށް ވިއްކާލާފައި ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.