މިއަދު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޤައުމާއި މުޚާތަބް ކުރައްވާ ވާހަކަ ދެއްކެވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ އެ މަނިކުފާނު އެ ޖެއްސެވީ ވެސް ހަމަ ޖަމަލު ފޮޑިއެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މިއަދުގެ ވާހަކަތަކަށް ބައްލަވާ ލައްވާ މުސްތަފާ ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ އެ ބޭފުޅާ ހީކުރެއްވީ ރައްޔިތުން ދެކެ ކޯފާގަދަވެގެން ގޮސް އިސްތިއުފާއޭ ވިދާޅުވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.
Hee kuree Rahyithun dheke koafaa gadhavegen gos isthufaa ey vidhaalhuve Rahyithun kibain ma’aafah edhivadaagannavaane kamah..! Thi jehseveeves hama jamalu fodi eh!
— Mohamed Musthafa (@Thimarafushi) October 17, 2018
އިތުރު ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ހަށިކޮޅު ފެންނަނީ ވަރަށް ހިމަކޮށް ކުޑަކޮށް ކަމަށެވެ. ހަށިކޮޅުވެސް ހުންނެވީ އަސްލު ސައިޒަށް ވެފައި ކަމަށް ވެސް ވިދާޅުވިއެވެ.'
RYameen ge Hashikolhu fennanee vara hima koh kuda koh..! Hashikolhu ves aslu size ah vefa..
— Mohamed Musthafa (@Thimarafushi) October 17, 2018
މުސްތަފާ އަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާ ކަމުނުދާ ކަންކަން އަބަދުވެސް ފާހަގަ ކުރައްވާ އެކަންކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މުސްތަފާ ފެންނަނީ އަބަދުވެސް ވަރަށް ޖެހިލުން ކުޑަ ވިދާޅުވެލައްވަން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.