ރައީސް ޢަބްދުﷲ ޔާމީނަކީ ދިވެހި ތާރީޚުގައި އެންމެ ހުތުރުކޮށް ބަލިވެ، ވެރިކަމުން ދުރުކުރެވުނު ވެރިޔަކަށް ވެގެން ހިނގައްޖެ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ޑރ.ޖަމީލ؛ު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ކަރޮޕްޝަނާއި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްވެއްޖެ ކަމުގެ ޔަގީންކަން މިއަދުގެ ހުކުމުން ލިބިގެން ގޮސްފި ކަމަށެވެ.
Maruhabaa Dhivehi Rayyithunnah. RY ge anniyaaverikamaai, corruptionnun salaamai vehjje kamuge guarantee miadhu ge Hukumun libigen midhiyaee. Alhamdhulillah. Adhi RY akee Dhivehi thaareekh gai enme huthurukoh Balive, verikamun dhurukurevunu veriyakah vegen midhiyaee.
— Mohamed Jameel Ahmed (@MJameelAhmed) October 21, 2018
ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ދެންމެ ވަނީ ހުކުމްކޮށްފައެވެ.
މައްސަލައާއި ގުޅިގެން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ކަންކަން ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ. އަދި ރައީސް ޔާމީން އެދިވަޑައިގެންނެވި ފަދައިން އެ މައްސަލަތައް ތަހުގީގު ކުރަން އަންގަން ޖެހޭ ތަނެއް ނެތް ކަމަށް ވެސް ހުކުމްކޮށްފައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނާއި އިސް ފަރާތްތަކުން ދަނީ ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަން ފައްޓަވާފައެވެ.