މިއަދު މަޖިލިސް މިނިވަންވިކަމުގެ އުފާވެރި ޚަބަރު ލިބޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ
އަމީތު ކުރެއްވި ޓްވީޓެއްގައި ވަނީ އިއްޔެ ހަވީރު 5 ޖެހިއިރު މަޖިލީހުގައި މަޖިލިސް ރައީސް މަސީހް އިންނަވާ ރޫމްގައި ހުރި އެ ބޭފުޅާގެ އަމިއްލަފުޅު ހުރިހާ އެއްޗެއް ނެރެ ސާފުކޮށްފައިވާ ކަމަށެވެ.
އަމީތު މިހެން މިކަން ހާމަކުރައްވާފައި މިވަނީ މަޖިލީހުގެ ރައީސްކަމުން މަސީހް އިސްތިއުފާ ދެއްވަން އުޅޭކަމަށް ޚަބަރުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
Iyye 17.00 hrs ga Majlihuga Maseeh inna room ga huri Maseeh ge personal hurihaa echcheh nere saafu koffa vee. Miadhu Majlis minivan vi kamuge ufaaveri khabaru libeyne. Insha Allah.
— Mohamed Ameeth (@MohamedAmeeth) October 24, 2018
މަސީހު އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރިފައިމިވަނީ ޕީޕީއެމްގެ މެމްބަރުންނާއި އެކު 45 މެމްްބަރުންގެ ސޮޔާއި އެކު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާ މަޖްލިސްއަށް ވެއްދުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
"މެޖޯރިޓީ އެމްޕީއިން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް އެކަން ކަށަވަރުކޮށްދެއްވާފައި ވާތީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގައިވާ ގޮތަށް މަޖިލިސްގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" މަސީހުގެ ފޯނު ނަންބަރުން ފޮނުއްވި މެސެޖެއް ކަމަށް ބުނެ އާންމުވި މެސެޖްގައިވެ އެވެ.
މަސީހު މަޖްލިސްގެ ރައީސްކަމުން ވަކިކުރުމަށް ހުށަހަޅަން ތައްޔާރުވެފައިވާ އިރު މިދިޔަ ޖޫން މަހުން ފެށިގެން މަޖްލިސް ޖަލްސާތައް ބާއްވަނީ އިދިކޮޅު މެމްބަރުން ނެރި މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލުވާލައި ސިފައިންގެ ސެކިއުރިޓީ އާއި އެކުއެވެ.