ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ މަސީހު އިތުރަށް ހަޑި ނުހައްދަވާ އިސްތިއުފާ ދެއްވަން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައިފިއެވެ.
އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް ރައީސްގެ ލެޖިޓިމެސީ މީގެ އެތައް މަހެއްގެ ކުރިން ވަނީ ގެއްލިފައި ނަމަވެސް ޔާމީންގެ ބިރުދެއްކުމުން މަސީހު އެ މަގާމް ދޫނުކުރައްވާ އިތުރަށް އަމިއްލަފުޅު އަބުރާއި އިއްޒަތް ކަތިލެއްވި ކަމަށެވެ.
Majlis raees ge legitimacy meege ethah maheh kurin vani gehllifa namaves Yameen ge nufooza birudhekkumun Maseeh e magām dhoonukuravva ithurah amillafulhu abura izzai kathilevvi, miharu 51 membarun soe koh husha helhimaves isthiufa dhevvakah nuvey tho? Ithurah hadi hāvan nuhadhava
— Ali Zahir (alipi) (@alixahir) October 24, 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންފެ ސޮޔާއިއެކު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މަސީހް މަގާމުން ދުރުކުރުމަށް ހުށަހެޅި ތިންވަނަ މައްސަލާގައި ސޮއިކުރެއްވި 51 މެމްބަރުންގެ ތެރޭގައި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ސޮއިކުރެއްވި ކަމަށް މައުލޫމާތު ފެތުރިފައިވެއެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހް އިސްތިއުފާ ދެއްވަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ.
އިއްޔެ ހަވީރު 5 ޖެހިއިރު މަޖިލީހުގައި މަޖިލިސް ރައީސް މަސީހް އިންނަވާ ރޫމްގައި ހުރި އެ ބޭފުޅާގެ އަމިއްލަފުޅު ހުރިހާ އެއްޗެއް ނެރެ ސާފުކޮށްފައިވާ ކަމަށާއި މިއަދު މަޖިލިސް މިނިވަންވިކަމުގެ އުފާވެރި ޚަބަރު ލިބޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވެސް ވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.