މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ސ. ހިތަދޫ މީހެއްގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަ ހިތަދޫ މިޞްރުގަނދަކޯޅިމާގެ ޢަލީ ވަޙީދު، 34، އަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް އެންގުމުން ވެސް ހާޒިރު ނުވެ އަދި އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހެއް ކަމަށެވެ.
އެހެންވެ ވަޙީދު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުމަށް ފުލުހުން އެދެ އެވެ.