ޕީއެމްގެ ހަތް ވަނަ އަހަރީ ދުވަހު، އެ ޕާޓީއަށް އަށް އަހަރު ފުރިފައިވާ ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މޮޅު ހިސާބެއް" ޖައްސަވައިފިއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ރަޖިސްޓްރީ ކޮށްފައި ވަނީ 27 އޮކްޓޯބަރު 2011ގައެވެ. ހޮނިހިރު ދުވަހު ފާހަގަ ކުރަމުންދާ އެ ޕާޓީގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް، އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން ފާހަގަ ކުރަމުންދަނީ އަށް ވަނަ އަހަރީ ދުވަސް ކަމަށެވެ.
PPM ge 8 vana aharee dhuvahuge munaasabathugai PPM ge Raees,Dhivehi Raajjey ge Izzaiytheri Raeesul Jumhooriyyaa Abdulla Yameen Abdul Gayyoom aai Party ge Lobuvethi enmehai membarun nah heyo edhumaai thahuniyaa aris kuran. pic.twitter.com/ccl6r8tq1F
— Abdul Raheem Abdulla (@Banafsaa) October 27, 2018
އަބްދުއްރަހީމްގެ ފުރަތަމަ ޓްވީޓަށް ބާރު ދެއްވުމުގެ ގޮތުން ކަމަށް ބެލެވޭ ދެވަނަ ޓްވީޓްގައި އެ ބޭފުޅާ ވަނީ އެހެން ވިދާޅުވި ތަފްސީލް ލިޔުއްވާފައެވެ. އެއިން ދޭހަވަނީ ޕާޓީ ރަޖިސްޓްރީ ކުރެވުނު ތާރީޚަކީ ޕާޓީއަށް ފުރަތަމަ އަހަރު ފުރުނު ދުވަސް ކަމަށް އަބްދުއްރީމް ބައްލަވާފައޮތް ގޮތަށެވެ.
1- 27 October 2011
2- 27 October 2012
3- 27 October 2013
4- 27 October 2014
5- 27 October 2015
6- 27 October 2016
7- 27 October 2017
8- 27 October 2018— Abdul Raheem Abdulla (@Banafsaa) October 27, 2018
އަބްދުއްރަހީމަކީ އާދަޔާ ޚިލާފު ހިސާބު ޖައްސަވާ ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގެ ޕީޕީއެމަށް ލިބޭނެ ވޯޓާ ގުޅޭ ގޮތުން ކެމްޕެއިންގައި އޭނާ ވަނީ އާދަޔާ ހިލާފު ވާހަކަފުޅެއް ދައްކަވާފައެވެ. ފަންސާސް ގުނަ ހަތަރެއް ވީމަ ވާނީ ދެލައްކަކަމަށް ވިދާޅުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.
ނުބައިކޮށް ހިސާބު އަދަދެއް ޖަހާލެވޭ ކޮންމެ ފަހަރަކު އަބްދުއްރަހީމްގެ ނަން ޒުވާނުންގެ ތެރޭގައިވެސް ފާހަގަ ކުރުން މިހާރު ވަނީ ވަރަށް އާންމުވެފައެވެ. އަބްދުއްރަހީމްގެ "މޮޅު ހިސާބަށް" މި އިތުރުވީ އަނެއްކާ ވެސް އެހެން ބޮޅެކެވެ.
މިފަހަރުގެ ހިސާބު ޖެއްސެވުން ވެސް ރަނގަޅު ކުރެއްވުމަށް ޕީޕީއެމަށް ހަތް އަހަރު ފުރުނު ގޮތް ބައެއް މީހުން އޭނާ އަށް ދަނީ ކިޔައިދެމުންނެވެ. އަބްދުއްރަހީމަށް އެކަން ކިޔައިދެއްވަމުން ގާނޫނީ ވަކީލު މޫސާ ސިރާޖު ޓްވިޓާގައި ވިދާޅުވެފައި ވަނީ ޕީޕީއެމަށް އެއް އަހަރު ވާނީ ޕީޕީއެމް ރަޖިސްޓްރީ ކުރި ދުވަހު ނޫން ކަމަށާއި އެ ޕާޓީއަށް އެއް އަހަރު ވާނީ ރަޖިސްޓްރީ ކުރި ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އެ ތާރީހުގައި ކަމަށެވެ.
27 October 2011 in 27 October 2012 ah vaane 1 aharu.
Registry kura kuraa dhuvahu (27 October 2011) ah vaane 1 dhuvas. 1 ahareh nun. 🤦🏽♂️ https://t.co/0QX0DLflII
— Moosa Siraj (@MoosesSiraj) October 27, 2018