ރާއްދެއި މުވާސަލާތީ ހިދުމައް ފޯރުކޮށްދެމުން އޭ އުރީދޫން އަދަ، އަފިރިންގެ އައްޑޫ ސިޓީއަށް ރަސްމީކޮށް އެވެރިންގެ ހަލޫ އިންޓަނެޓް، އުރީދޫ ސުޕަ ނެޓު ތައާރަފް ކޮށްލިއެ.
މިހިދުމައް ތައާރަފް ކެރާއް ބޭއްވި ހާއްސަ ހަފުލާއި އައްޑޫ މޭޔަރ، އަބްދުﷲ ސޯދިގް(ސޯބެ) އެއި އުރީދޫ މޯލްޑިވްސް ސީއީއޯ، ނަޖީބު ހާން އަދި ޑިރެކްޓަރ އޮފް މާކެޓިން ހުސެން ނިޔާޒު އަސް ބައިވެރިވި.
އުރީދޫން ބެނީ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މިޅި އައްޑުއަށް ދިންކޯ ސަތޭކަ އެމްބީޕީއެސް އެއި ހަމާއް ހަލޫ ސްޕީޑެ އިންޓަނެޓު ލިބޭ ޕެކޭޖުތައް ތައާރަފްކޮށްފެއި ވޭ ކަމަށް.
މިހަފްލާއި ވާހަކަ ދައްކަމުން އުރީދޫ މޯލްޑިވްސްގެ ސީއިއޯ ނަޖީބް ޚާން ވިދާޅުވީ، ދުނިޔޭގެ ހުށިއެއި ތާކިއަސް އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ގިނޭއް ހަލޫ އިސްޕީޑެ އިންޓަނެޓު ދެމުން އޭ ކަމަށް. އަދި އުރީދޫއަށަސް ފިކްސްޑް އިންޓަނެޓުގެ ލައިސެން ލިބުމާއި އެއްކޮށް މި ރާއްދޭއް އެކަން ގިނާސްދޭ މަސައްކައް ކެޑެ ކަމަށް. އަދި އެވެރިންގެ އެންމެ މުހިންމު އަމާޒަކަށް ވީ، މިޅި ރާއްދެ ހުށިހެއި ތާކި އެންމެ ހަލޫ އިންޓަނެޓު ދޭ ބާކިންނަށް އުރީދޫ ހެދުމަށް ކަމަށް.
އުރީދޫން ވަނީ ސުޕަނެޓު ހިޔާރު ކެރާ އައްޑޫ ރައްޔިތުންނަށް ވަރަށް ހާއްސަ އޮފާތަކަސް ގިނާއްސެއި. އެގޮތުން، މިއާ ގުޅައިދޭކޯ ހާއްސަ ޑިޕޮސިޓަށް ނިނަގައި ގުޅައިދޭ އުރީދޫން ހިށީ ނިންމަފެއި. އަދިއަސް މިހިދުމައް އިތިރަށް ފަސޭހައިން ލިބޭ ގޮތަށް ސުޕަނެޓު ގުޅާކޯ ލާ ރައުޓަރާ 12 މަސް ދުވަހަށް ބެހަގެން އިންސްޓޯލްމަންޓު އުސޫލުނަސް ލިބޭ ގޮތަށް ވެނީ ހަމަޖައްސަފެއި.
ދެ އެމްބީޕީއެސް އިން ފަށަގެން 100 އެމްބީޕީއެސްއެއި ހަމާއް އިންޓަނެޓު ލިބޭކޯ މީހުންގެ އެތެރެ އެންމެ މަގުބޫލު ސައިޓުތައް ކަމަށްވޭ، ފޭސްބުކް، ޔޫޓީއުބް އަދި ނެޓްފްލިކްސް ފަދަ ސައިޓުތަކަށް ހަލޫ އިންޓަނެޓު ލިބޭގޮތަށް އުރީދޫން ވެނީ ސުޕަނެޓް އޮޕްޓިމައިޒް އަސް ކޮށްފެއި.
އިންޓަނެޓް ސްޕީޑު ދަށްވެގެން ދެން އައްޑޫ ރައްޔިތުން ދެން ހިނގާކަށް ނިޖެހޭހެއް. އުރީދޫން މިއޮތީ ހަލޫ އިންޓަނެޓު އައްޑުއަށް ގިނާއްސެއި.