ފެން ހިންދުމަށް މާލޭގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރިކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓްގައި ވަނީ ސްޓޯމް ވޯޓާ ސިސްޓަމްގެ ގިނަ ޕަމްޕް ސްޓޭޝަންސް ތަކުގެ ޕެނަލް ބޯޑަށް ވަނީ ގެއްލުންދީ ހަލާކު ކޮށްލާފައި ކަމަށް ވިދާޅުވެއެވެ.
Stormwater system ge gina pump stations thakuge panel board ah vanee gellundhee halaaku kollaafa. Adhi baeh pumpstation thakuge current supply vanee kandaalafa. Mikankan kuri faraaithakuge naathahuzeeb amalu kuvverikuran. Adhi rayyithunnah dhimaavaa undhagulah ma'aafah edhen.
— Dr Mohamed Muizzu (@MMuizzu) October 30, 2018
އަދި ބައެއް ޕަމްޕް ސްޓޭޝަންސް ތަކުގެ ކަރަންޓް ސަޕްލައި ވެސް ވަނީ ކަނޑާލާފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭގައި ފެން ބޮޑުވާތީ ގިނަ ބަޔަކު ގެންދަނީ މިނިސްޓަރަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ. ފެން ހިންދާ ސިސްޓަމްތަކެއް މާލޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރުމަށް އެތައް މިލިއަން ރުފިޔާއެއްގެ ޕްރޮޖެކްޓްތަކެއް ހިންގި އިރު އެ ކަންކަމުގެ ނަތީޖާ ނުފެންނާތީ ކިޔާ ފާޑުކިޔުންތައް އިތުރެވެ.
މުއިއްޒުގެ ޓްވީޓްގައި އޭނާ ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގުލަށް މާފަށް އެދިވަޑައިގެންފައެވެ.