މާލޭގައި ފެންހިންދުމަށް ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމް ފަރުމާ ކުރެވިފައިވާނީ ވާރޭ ހުއްޓާލާތާ 3 ގަޑިއިރު ތެރޭ އެއްކޮށް ފެންގަނޑު ހިންދާލެވޭ ގޮތަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސްޓޯމް ވޯޓާ ސިސްޓަމަށް އިޝާރާތް ކުރައްވާ މުއިއްޒުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ސިސްޓަމަށް އެއްވެސް ސަބަބަކާހުރެ ދިމާވާ ގެއްލުމަކުން ނުވަތަ މައްސަލައަކުން މި ނަތީޖާ ހާސިލެއްނުވާނެ ކަމަށެވެ.
Storm water system design kurevifa vanee vaarey huttaalaathaa 3 gadi irutherey fengandu ekkoh hindhey gothah. System ah evves sababakaa hure dhimaavaa gellumakun nuvatha massala akun mi natheejaa haasil ehnuvaane. Adhives rayyithunge kibain alhugandu ikhlaastheri ma'aafakah edhen
— Dr Mohamed Muizzu (@MMuizzu) October 30, 2018
މުޅި މާލޭގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވެފައި ވަނިކޮށް، ފެން ހިންދުމަށް މާލޭގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރިކުރައްވާ ކަމަށް ވެސް މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި މުއިއްޒުވަނީ ވިދާޅުވެފައެވެ.
މި ފަހަރު ކުރެއްވި ޓްވީޓްގައި ވެސް މުއިއްޒުވަނީ ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.