ފެން ހިންދުމަށް މާލޭގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރިކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ސުވާލުތަކެއް މުއިއްޒުއަށް އަމާޒު ކުރައްވައިފިއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕަމްޕް ސްޓޭޝަން ހުރީ ކޮންތާކުތޯ؟، ގެއްލުން ދިނީ ކާކުތޯ؟، ގެއްލުން ދިނީ ކޮންއިރަކުތޯ؟، ޕޮލިހަށް ރިޕޯޓް ކުރިންތޯ؟ ސުވާލު ކުރައްވާފައެވެ.
Pump station huree konthaaku ? Gellun dhinee kaaku ?
Gellun dhinee koniraku ?
Police ah report kurintha ?Tharaggee ge namuga kuree vakkan.
Nikamethinge flat thakun vakkan.
Bridge namuga vakkan.
Magu hedhumun vakkan.Thahugeeg nimeyiru zinmaa vaanjeheynee hama @MMuizzu https://t.co/4BfvNdlAPm
— Ahmed Mahloof (@AhmedMahloof) October 30, 2018
މަހްލޫފްގެ ޓްވީޓްގައި އޭނާ ވަނީ ތަރައްގީގެ ނަމުގައާއި، ނިކަމެތިންގެ ފްލެޓްތަކުންނާއި ބްރިޖުން އަދި މަގު ހެދުމުން މުއިއްޒު ވައްކަން ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިތުރަށް މަހްލޫފް ވިދާޅުވީ ތަހުގީގު ނިމޭއިރު ހަމަ ޒިންމާވާން ޖެހޭނީ މުއިއްޒު ކަމަށެވެ.