Last Updated: February 23, 05:43
Sunday, February 23, 2025
ޚަބަރު

މެމްބަރު މުސްތަފާގެ ގޮނޑި ނުގެއްލޭ: ސުޕްރީމް ކޯޓް

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމ ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައި ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓަށް މުސްތަފާގެ ފަރާތުން ހުށައެޅި މައްސަލަ ބެއްލެވުމަށް ފަހު މިއަދު ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި ގާޒީ ވަނީ މީގެ ކުރިން ގޮނޑި ނުގެއްލޭ ކަމަށް ހުކުމް އިއްވި މެމްބަރުންނެކޭ އެއްފަދައިން މުސްތަފާގެ ގޮނޑިވެސް ގެއްލިފައި ކަމަށް އީސީން ކަނޑައަޅާފައިވަނީ އެކަން ކުރުމުގެ ޖާގައެއް ނެތި ކަމަށް ނިންމާފައެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި، އެމެމްބަރުން ތަމްސީލު ކުރަމުން ގެންދިޔަ ޕާޓީ، ޕީޕީއެމުން ވަކިކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގެއްލިފައި ކަމަށް ކަނޑައަޅާފައެވެ. ހުރިހާ މެމްބަރުން ވެސް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް 9 މެމްބަރެއްގެ މައްސަލަ ބެލުމަށް ފަހު ގޮނޑި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ނިންމައި ހުކުމް އިއްވާފައެވެ.

މިއަދު އަދި އިތުރު ތިން މެމްބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ހުކުމް އިއްވަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

ތަފްސީލު އަންނަނީ..