މާލޭ މަގުމަތީގައި ހުރީ ފާހާނާތަކުގެ ނަޖިސް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ މާލޭގެ މަގުމަތީގައި ފެންބޮޑުވެ ހިނގާބިނގާވެ ނޫޅެވޭ ހިސާބަށް ގޮސްފައިވަނިކޮށް މިއަދު ނިޒާރު ކުރެއްވި ޓްވީޓެއްގައެވެ.
Male magu mathee faahaanaa thakuge Najis!!!
— Ali Nizar (@DhekunuNizar) October 30, 2018
ފެން ހިންދުމަށް މާލޭގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރިކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ނިޒާރު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ މީގެ ދެދުވަސް ކުރިންވެސް ހަމަ މިހާލަތުގަ ޖެހުނު ކަމަށާއި އެހެން ނަމަވެސް އޭރު ޕަމްޕް ސްޓޭޝަނުގެ ވާހަކަ މުއިއްޒު ވިދާޅުނުވާ ކަމަށް ވިދާޅުވެފައެވެ.
Meege 2 dhuvas kurin ves hama mi haalathuga ulhen jehunu. Eyru pump station thakuge vaahaka vidhaalhu nuvey. Mi adhu mee kon vaahaka fulhei tho?. Pump station eh abahuri tho?. Konthaaku tho huree? https://t.co/nRzndMBEKd
— Ali Nizar (@DhekunuNizar) October 30, 2018
ނިޒާރު ވަނީ މިއަދު މިއީ ކޮން ވާހަކަފުޅެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ޕަމްޕް ސްޓޭޝަނެއް އެބަހުރިތޯއާއި ހުރީ ކޮންތާކުތޯ ވެސް ސުވާލު ކުރެއްވިއެވެ.
މުއިއްޒުގެ ޓްވީޓްގެ ސަބަބުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ސުވާލުތަކެއް ވެސް ވަނީ މުއިއްޒުއަށް އަމާޒު ކުރައްވާފައެވެ. އެގޮތުން ޕަމްޕް ސްޓޭޝަން ހުރީ ކޮންތާކުތޯ؟، ގެއްލުން ދިނީ ކާކުތޯ؟، ގެއްލުން ދިނީ ކޮންއިރަކުތޯ؟، ޕޮލިހަށް ރިޕޯޓް ކުރިންތޯ؟ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ސުވާލު ކުރައްވާފައެވެ.
ފެންބޮޑުވެގެން އުޅޭ މައްސަލައިގާ މުއިއްޒު ވަނީ ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.