Last Updated: November 25, 17:58
Monday, November 25, 2024
ޚަބަރު

ހުޅުމާލެއިން 1500 ފްލެޓް ދޫކުރަން ރައީސް އޮފީހުން ހުއްދަދީފި

ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ 1530 ފްލެޓް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ރައީސް އޮފީހުން ހުއްދަ ދީފި އެވެ.

މި ހުއްދަ ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ދެއްވާފައިވަނީ އިއްޔެ ފޮނުވި ސިޓީއެއްގައެެވެ. ހައުސިން މިނިސްޓްރީން އެދުނު ގޮތަށް ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ 1530 ފްލެޓަށް ކުރިމަތި ލުމަށް ފޯމް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ކަމަށްދެކޭ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އެ 1530 ފްލެޓް ދެ ކެޓެގަރީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ. އެގޮތުން ފުރަތަމަ ކެޓަގަރީގައި ދަފްތަރުގައި ރެޖިސްޓަރީވެފައި ތިބި މީހުންނަށް 500 ފްލެޓް ދޫކުރުމަށް އެދިފައިވެއެވެ. އަދި ދެވަނަ ކެޓަގަރީގައި 18 އަހަރު ނުފުރޭ ތިން ކުދިންނަށްވުރެ ގިނަ ކުދިން ތިބި ފަރާތްތަކަށް 1030 ފްލެޓް ދޫކުރުމަށް ވެސް އެދިފައިވެއެވެ.

ހައުސިން މިނިސްޓްރީއަށް އިތުުރު ފްލެޓްތައް ދޫކުރަން ހުއްދަ ދީފައިވާއިރު، ދެ ރޫމްގެ ފްލެޓްތައް ދޫކޮށް އެފަރާތްތަކަށް ވަނީ ފްލެޓްތައް ދޫކޮށްފަ އެވެ. ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.