ރައްޔިތުންގެ މަޖިލީހުގެ 12 ބޮކި ދިއްލި އަލިގަދަވުމާއެކު ކުއްލިއަކަށް ލޯޑުބޮޑުވެ ނުހިފެހެއްޓިގެން ބްރޭކަރު ވެއްޓުމުން ބަލާލިއިރު މަޖިލިސް ރައީސް މަސީހުގެ ބޮކި އަނދާހުލިވެ، އެންމެފަހުން އެ ބޮކިވެސް އަމިއްލައަށް ތަޅައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑޭ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
Raees Yameen aa MP maseehu raavaigen Gina dhuvaheh vanadhen Nivvaalaafa huri Rayyithunge majlihuge 12 boki Dhilli,ali gadhavumaa eku,kulli akah load boduve nuhifehettigen breaker vettumun balaali iru,MP maseehuge boki an’dhaa hulive, enme fahun e boki ves amilla ah thalhaalaifi. pic.twitter.com/JwLHlU1xJu
— Mohamed Waheed Ibrahim (@Lawyer_Waddey) November 1, 2018
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ 12 މެމްބަރުންނަށް ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާ ވެސް ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން މިރޭ ވަނީ ފާސްކޮށް އެބިލް އުވާލާފައެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 74 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަށް ނުފެންނަކަމަށް ވޯޓް ދެއްވީ 17 މެމްބަރުންނެވެ.