Last Updated: November 25, 16:15
Monday, November 25, 2024
ޚަބަރު

ވިލިނގިލީގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ވިލިނގިލީގައި ފުލުހެއްގެ ސައިކަލްގައި ރޯކޮށްލާފައި. ފޮޓޯ: އަވަސް

ގއ. ވިލިނގިލީގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާ ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ ސައިކަލު ރޯކޮށްލި ކަމުގެ ޚަބަރު ލިބިފައިވަނީ ރޭ 03:07 ހާއިރު ކަމަށެވެ، އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ސައިކަލު ޕާކުކޮށްފައި ހުރި ގޭގެ ތެރޭގައި ހުރި ދޮންނަ މެޝިނާއި އޭސީގެ އަައުޓްޑޯ ޔުނިޓު އަދި ގޭގެ ދޮރަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.