ވޭތުވެދިޔަ ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ދީނާއި ޚިލާފު ފަސާދައިގެ އަމަލުތަކާއިމެދު ކެރިވަޑައިގެން ޝެއިޚް ޒައިދު ބަސްވިދާޅުވެފައިވާތީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އޭނާއަށް ތައުރީފް ކުރައްވައިފިއެވެ.
ޝެއިޚް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ދީނާއި ޚިލާފު ފަސާދައިގެ އަމަލުތަކާއިމެދު ކެރިވަޑައިގެން ހައްޤުބަސް ވިދާޅުވި ހިތްވަރުގަދަ އެއް ބޭފުޅަކީ ޝެއިޚް އަލީ ޒައިދު ކަމަށެވެ.
Veythuvedhiya dhuvasthakugai dhaulathuge thereygai hingamundhiya dheenaakhilaafu fasaadhaige amaluthakaamedhu kerivadaigen haqqu basfulhu vidhaalhuvi hivvarugadha eh beyfulhakee Sheikh Ali Zaid. Manikfaanuge thanavas khiyaalufulhaai mashwara libeykamee varah bodu ufaleh. pic.twitter.com/lzmYduO5wc
— Imran Abdulla (@ShimranAb) November 7, 2018
ފާއިތުވި ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި ހިނގަމުންދިޔަ ތަފާތު އަމަލުތަކަށް ޝެއިޚް ޒައިދު ވަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވެ، ނަސޭހަތް ދެއްވަން ޖެހިވަޑައިގެންނެވި ވަގުތުތަކުގައި އެކަންވެސް ކުރައްވާފައެވެ.
ޝެއިޚް އިމްރާން ވަނީ ޝެއިޚް ޒައިދުގެ ތަނަވަސް ޚިޔާލުފުޅާއި މަޝްވަރާ ލިބޭކަމީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.