ޤައުމާއި ހަވާލުވުމުގެ ކުރިން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް(އިބޫ) ޢުމްރާއަށް ވަޑައިގެންނެވުމަކީ އެ މަނިކުފާނުގެ ކިބައިން ފެނުނު ރަނގަޅު ސިފައެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒްގެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ" ޤައުމުގެ ހުންގާނާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޢުމްރާގެ އަޅުކަން އަދާކުރައްވާ ﷲގެ ހަޟްރަތުން މަދަދަށް އެދިވަޑައިގަތުން އެއީ އިބްރާހީމް މުހައްމަދު ސޯލިހްގެ ކިބައިން ފެނުނު ވަރަށް ރަނގަޅު ސިފައެއް" މިފަދައިންނެވެ.
Gaumuge hungaanaai havaaluve vadaigennevumuge kurin Umra ge alhukan adhaa kuravvaa Allah ge hazrathun madhadhah edhi vadaigathun aee @ibusolih ge kibain fenunu ragalhu sifa eh. Dhuaa akee Maaiy Allah eyna ge masakkathugai barakaaiy lavvaa, mi gaumu amaan asseyri akah vaasil vun.
— Dr.Mohamed Iyaz (@dr_iyaz) November 7, 2018
ޑރ. އިޔާޒް ވަނީ އިބޫގެ މަސައްކަތުގައި ބަރަކާތް ލައްވާ މިގައުމު އަމާން އައްސޭރިއަކަށް ވާސިލްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.