ދުނިޔެ އަކީ 3 އެއްޗެއް ކަމަށާއި، އެއީ އިއްޔެއާއި، މިއަދު އަދި މާދަމާ ކަމަށް ވިދާޅުވެ ދުނިޔޭގެ ހަގީގަތް ވަރަށް ކުރު އިބާރާތަކުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެދެއްވައިފިއެވެ.
ޑރ. އިޔާޒްގެ މިކަން ވިދާޅުވެދެއްވާ ކުރެއްވި ޓްވީޓްގައި ވަނީ "އިއްޔެ" އަނބުރާ ނާންނާނެ ކަމަށެވެ. "މިއަދު" މިއުޅެނީ ކަމަށާއި، އެހެންނަމަވެސް ދެމިނޯންނާނެ ކަމަށެވެ. އަދި "މާދަމާ" އަހަރުމެން ވާނީ ކޮންތަނަކު ކަމެއް ނޭނގޭނެ ކަމަށެވެ.
Dhuniye aky 3 echcheh.
IYYE. anburaa naannaane.
MIADHU. mi ulheny. Ekamu dhemi noannaane.
MAADHAMA. aharumen vaany kon thanaku kameh neyge.
Veema ekaku anekakah ma'af koh rivethi ulhumeh ulheveytho balamaa!— Dr.Mohamed Iyaz (@dr_iyaz) November 7, 2018
ޑރ. އިޔާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ މިހެން މިކަން އޮތުމުގެ ސަބަބުން އެކަކު އަނެކަކަށް މައާފުކޮށް ރިވެތި އުޅުމެއް އުޅެވޭތޯ ބެލުމަށް ނަސޭހަތްތެރިވެފައެވެ.
ޑރ. އިޔާޒް ފާހަގަކޮށްލެވެނީ ރާއްޖޭގެ މުޖުތަމައުގައި ހިނގާ އެކި ކަހަލަ މައްސަލަތަކަށް ހެޔޮ ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިނުގަންނަވާ، ވަރަށް ކެރިވަޑައިގެން ހައްގުބަސް ވިދާޅުވުމުގައި ދެމިހުންނަވާ ކުޅަދާނަ ބޭފުޅެއް ގޮތުގައެވެ. ދުނިޔަވީ އެކި ކަންކަމުގެ ހަގީގަތް މީހުންނަށް ހަނދުމަކޮށްދެއްވުމުގައި ދެމިހުންނަވާ ފިސާރި ވަރުގަދަ ޝަޚްސިއްޔަތެއް ގޮތުގައެވެ.