ސަރުކާރު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ މަތީ މަގާމެއްގައި ހުންނާކަށް ނުޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭނުންވަނީ އިޚްލާސްތެރިކަން ކަމަށެވެ. އެކަން ނެތްނަމަ ކިތަންމެ މަތީ މަގާމެއްގައި، ކިތަންމެ ބޮޑު މުސާރައެއްގައި ހުރި ނަމަވެސް އެމީހެއްގެ ކިބައިން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
Sarukaaru hingumah eheetheri kan foaru koh dhinumah takai mathee magaameh gai hunnaakah nujehey. beynun vanee ikhlaastheri kan. ekan neiy nama kithanme mathee magaameh gai, kithanme bodu musaara eh gai huri namaves emeeheh ge kibain libeyne faidha eh noannaane.
— Dr.Mohamed Iyaz (@dr_iyaz) November 8, 2018
މިއަދު ޑރ. އިޔާޒް ލުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އޮތް ވާދަވެރިކަން ދޫކޮށްލުމަށް ވިދާޅުވެފައެވެ. ގައުމާއިގެން ކުރިޔަށް ދިޔުމުގެ ވިސްނުން ގެންގުޅެންވެއްޖެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
Riyaasee inthikhaabu ge campaign thereygai oiy vaadhaverikan dhookohlaa, Gaumaigen kuriyah dhiyumuge visnun gengulhen vejje. ikhlaastheri kamaai eku @ibusolih aai @FaisalNasym ah eheetheri kan foaru koh dheyn jehey. konme meehaku ves emeeheh ge fenvarun ekan kuraanee.
— Dr.Mohamed Iyaz (@dr_iyaz) November 8, 2018
އިތުރަށް އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވީ އިޚްލާޞްތެރިކަމާއެކު އިބްރާހީމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން އެކަން ކުރާނީ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.