ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފި އެވެ.
ރައީސް ނަޝީދު ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.
Midhuvahuge thareekh libifaivanee Buraar Muhammadhu Fulhu ge vaahaka ehge gothuga kiyamun ai raivaruthah,fahun Hussain Solahudeen, Bodu Thakurufaanu vaahakaige gothuga liuyyuveema. pic.twitter.com/RuU5NNQqqz
— Mohamed Nasheed (@MohamedNasheed) November 9, 2018
އެ ޓްވީޓްގައި ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މިދުވަހަކީ އުތީމް ތަކުރުފާނާ އިތުރު ބަޔަކާއެކު ހަނގުރާމަ ކުރައްވާ، ރާއްޖެ ޕޯޗުގީޒުން ފޭރޭ ބައެއްގެ ކަސްތޮޅުން މިނިވަން ކުރެއްވި ދުވަސް ކަމަށެވެ.
"މި ދުވަހުގެ ތާރީޚް ލިބިފައި ވަނީ ބުރާރް މުޙައްމަދުފުޅުގެ ވާހަކައެއްގެ ގޮތުގައި ކިޔަމުން އައި ރައިވަރުތައް، ފަހުން ހުސެއިން ޞަލާހުއްދީން، ބޮޑު ތަކުރުފާނު ވާހަކައިގެ ގޮތުގައި ލިޔުއްވީމަ"، ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަޙުނިޔާ އާއި މުބާރަކްބާދީ ފޮނުއްވާފައެވެ.
މި މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު، މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ އެނބުރި މާލެ ވަޑައިގެންފައިވާއިރު، މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު ހއ. ދިއްދޫ އަށް ވަޑައިގަންނަވާނެ އެވެ.