ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) މަރުހަބާ ދަންނަވައިފިއެވެ.
އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމިއްޔަތާއި މިނިވަންކަމުގެ ދިފާއުގައި ބޮޑުތަކުރުފާނު ކުރެއްވި އަގުހުރި މަސައްކަތް މިއަދު ހަނދާންކުރާ ކަމަށެވެ. އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ވާސިލްކޮށް ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ.
Dhivehi Qaumiyyathai minivankamuge dhifaaugai Boduthakurufaanu kurehvi aguhuri masakaiy miadhu handhaan kuran. Annaan oiy jeeluthakah mi Raajje vaasilkohdhinumakee alhugandumen ge zinmaaeh. Qaumee dhuvahuge thahniya hurihaa Dhivehi rayyithunah ariskuran.
— Ibrahim Mohamed Solih (@ibusolih) November 9, 2018
މި ޓްވީޓްގައި އިބޫ ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ކުރީގެ ދެ ރައީސުން ކަމަށްވާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އަދި މުހައްމަދު ނަޝީދު ވެސް ވަނީ ދިވެހި ރައްޔިތުންނަށް ދަންނަވާފައެވެ.