ކުށްވެރިއަކީ ފައިސާބަހާ މަހުޖަނު އެކަންޏެއް ނޫން ކަމަށާއި ފައިސާގައި ހިފާ ފަނޑިޔާރު ވެސް ކުށްވެރިވާނެ ކަމަށް ދިވެހިރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ، ފަނޑިޔާރުންނާއި، ސަރުކާރުގެ މުވައްޒަފުން އަދި މަޖްލިސް މެމްބަރުން މަގުން ކައްސާލައިގެން ދަނީ އެފަރާތްތަކަށް ރިޝްވަތުގެ ފައިސާ ދިނުމުން ކަމަށާއި، އެފައިސާ ދޭ ފަރާތްތަކީ އަސްލު ކުށްވެރިޔާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަށް އިޝާރާތް ކުރައްވާފަ ކުރެއްވި ކަމަށް ބެލެވޭ ޓްވީޓެއްގައެވެ.
Kuhveri akee faisaa bahaa mahujanu ekanyeh noon! kuhveri vaane eyga hifaa fandiyaaru ves! adhi e deal hifaigen hingaa meehaaves! adhi e deal ah hekivaa meehaa ves! hadees ga vanee Rishwath ge deal ge enmehaa faraaithakah Launai lahvaafa! alhugandumen bahuga insaaf verivaan jehey!
— Ali Zaid (@alizaid1000) November 9, 2018
އެ ޓްވީޓްގައި ޝެއިޚް ޒައިދު އިތުރަށް ވިދާޅުވީ ރިޝްވަތުގެ ޑީލް ހިފައިގެންދާ މީހާއާއި އަދި އެ ޑީލްއަށް ހެކިވާ މީހާވެސް ހިމެނޭނެ ކަމަށެވެ. ހަދީޘްގައި ވަނީ ރިޝްވަތުގެ ޑީލްގެ އެންމެހާ ފަރާތްތަކަށް ލަޢުނަތް ލައްވާފަ ކަމަށެވެ.
އަޅުގަނޑުމެން ބަހުގައި އިންސާފުވެރިވާން ޖެހޭނެ ކަމަށް ވެސް ޝެއިޚް ޒައިދު ވަނީ ވިދާޅުވެފައެވެ.