ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ.
މާރިޔާ ވެސް ރައީސް އިބޫގެ ކެބިނެޓުގައި ވަޒީރެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށް އިސްތިއުފާ ދެއްވި ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.
މާރިޔާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުން އަހުމަދު މަހްލޫފް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމަށް ފަހު މާރިޔާ ވަނީ ރައީސް އިބޫ އިންތިޚާބު ވުމާއެކު އެމަނިކުފާނުގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވާފައެވެ.
ސިޔާސީ ގޮތުން ގިނަ ތަޖުރިބާއެއް ހޯއްދަވާފައިވާ މާރިޔާ ދެން މަސައްކަތް ކުރައްވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.