Last Updated: February 13, 22:43
Thursday, February 13, 2025
ޚަބަރު

ރައީސް ސޯލިހުގެ ފުރަތަމަ ދުވަސް: އަބްދުﷲ ސައީދާއި އަލީ ހަމީދު ދޫކޮށްލާނެތަ؟

ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ އެންމެ މުހިއްމު މަސައްކަތަކީ ސިޔާސީ ކުށްވެރިން ދޫކޮށްލުން ކަމަށް ރައީސް ސޯލިހުގެ ތަރުޖަމާން އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ ކުށްވެރިންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތައް ވަނީ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި އެކު އެކި ސިފަ ސިފަގައި ދޫކޮށްލާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި ރިޝަވަތުގެ ހުކުމްގައި ހުންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ މިނިވަންވެފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި ކުރީގެ މަޖްލިސްގެ ނައިބް ރައީސް އަހުމަދު ނާޒިމްވެސް މިނިވަންވީއެވެ. ޖުމްލަ ގޮތެއްގައި ސިޔާސީ އިސް ފަރާތްތައް މިނިވަން ވެއްޖެއެވެ.

ރާއްޖޭގެ ރައީސް ކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވިއިރު އަދިވެސް ހައްޔަރުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުއެވެ. އެދެބޭފުޅުން ހައްޔަރުގައި ތިއްބެވީ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާތުންގެ އިއްތިފާގުން ނެރެއްވި ހުކުމާއި ގުޅިގެންނެެވެ.

އެހުކުމްގައިވާ ސިޔާސީ ލީޑަރުން ހުކުމް ރިވިއު ކުރުމަށް މިހާރުވަނީ ދޫކޮށްލާފައެވެ. އެބޭފުޅުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުއްވި ހުކުމްގައިވެސް ވިދާޅުވީ އެ ވާހަކައެވެ.

ސިފައިން ވައްދައިގެން ހައްޔަރުކޮށް ބިންމަތީ ދަމާ ކޫއްތާފައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު އާއި ފަނޑިޔާރު އަލީ ހަމީދު ގެންގޮސް ޖަލަށްލކާފައިވަނީ މަޖްލިސްގެ 12 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމުންނެވެ.

މިހާރު ފެބްރުއަރީ 1 ވަނަ ދުވަހުގެ ހުކުމުގައި ގޮޑި ނުގެއްލޭކަމަށް ހުކުމް ކުރި 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން އާ ހުކުމެއްކޮށްފައިވާ އިރު އެ 12 މެމްބަރުންނަކީ ސައްހަ 12 މެމްބަރުންނަށް ވެއްޖެއެވެ. ފާއިތުވި ދޮޅު އަހަރު މަޖްލިސްއަށް ނުވަދެވި ދިޔަ ދުވަސްތަަކަށް މުސާރަ އާއި އެލެވެންސްދީ ނިމިއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ އަނބުރާ ވަނީ ގެންގޮސްފައެވެ. އަދި އެދެބޭފުޅުންނާއި އެކު ހައްޔަރު ކޮށްފައިވާ ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޭރުގެ ވެރިޔާ ހުސެއިން ސައީދު މިނިވަން ނުވެއެވެ. މިއީ އަރަތެއް ހެއްޔެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިނިވަންވާނެ ކަމުގައި އެބޭފުޅުންގެ އާއިލާގެ ބޭފުޅުން ތިއްބެވީ ފޮނި އިންތިޒާރުގައެވެ. ވާ ގޮތް ބަލަމާ ހިނގާށެވެ!