އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދަށް މޫދަށް ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އާންމު ރައްޔިތުންނާއިއެކު ފޮލިހުންނާއި ސިފައިން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ގެއްލިފައިވަނީ އައްޑޫ ހައިސްކޫލުގައި ކިޔަވަމުން ދާ ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނިފައިވަނީ މަރުވެފައިވަނިކޮށެވެ.