ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިއްމު ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ އެކަން ކުރެވޭނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެކަމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ބިނާކުރާ ލީޑާޝިޕެއްގެ ދަށުން ކަމަށެވެ.
Sarkaarah faaraverivaane zimmaadhaaru idhikolhu party eh othun muhimmu, gaanoonthakaa gawaaidhu thakaa ekamah hedhifaivaa usooluthakaa ehgothah binaakuraa leadership ehge dhashun ekan kureveynee.
— Ahmed Shareef (@ShareefRangondi) November 20, 2018
" ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިއްމު، ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެކަމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ބިނާކުރާ ލީޑާޝިޕް އެއްގެ ދަށުން އެކަން ކުރެވޭނީ" ޝަރީފް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން އޮތީ ޕީޕީއެމްއާއި އެމްޑީއޭ އެވެ. ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.