Last Updated: February 20, 22:44
Thursday, February 20, 2025
ޚަބަރު

ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް އައްޔަންކޮށްފި

އަހުމަދު ފާރިސް މައުމޫން

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ފާރިސް، ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވަނީ އެ މަގާމު މިދިޔަ ހަތަރު އަހަދު ވަންދެން ފުރުއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ނެގުމަށް ފަހުގައެވެ.

ރިޒާ، އެ މަގާމުގައި ހުރެގެން މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އިތުރުން އިންސާފުން އެއްކިބާވި ކަމުގެ ތުހުމަތާ އެކު އިދިކޮޅު މެމްބަރުންގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނުނިމެނީސް ވަކިކޮށްފައެވެ.