ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ސިއްހީހާލުކޮޅު ހުރިގޮތުން އާއިލީ އެހީތެރިކަން ބޭނުންވާތީވެ، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް އެޗްއާރުސީއެމުން ކަރެކްޝަނަލް ސާރވިސްއަށް އެންގި އެންގުން ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ގޮވާލައިފިއެވެ.
އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގަކީ ވަކި މީހަކަށް ބެލުމެއްނެތި ކޮންމެ މީހަކަށް ވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ. އެ ޓްވީޓްގައި ވަނީ ޝެއިޚް އިމްރާން ޢަބްދުﷲ ޓެގް ކުރައްވާފައެވެ.
Insaanee Haggakee Vaki Meehakah belumehnethi Komme Meehakahves Libidheynjehey Haggeh. @hrcmv In Kureege VP @Ahmed_Adeeb Geybandhah Badhalu Kurumah @Corrections_Mv Ah Govaali Govaalun Veehaves Avahah Thanfeezu Kurumah Govaalan. @ShimranAb
— Abdulla Ahmed (@AblhoMP) November 24, 2018
"އިންސާނީ ހައްގަކީ ވަކި މީހަކަށް ބެލުމެއްނެތި ކޮންމެ މީހަކަށް ވެސް ލިބިދޭންޖެހޭ ހައްގެއް. އެޗްއާރްސީއެމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ގޮވާލި ގޮވާލުން ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ގޮވާލަން." އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
ކަރެކްޝަނަލް ސާރވިސްއަށް އެޗްއާރުސީއެމުން މިކަން އަންގާފައިވަނީ އަދީބުގެ ކިޑްނީ އޮޕަރޭޝަނެއް އައިޖީއެމް ހޮސްޕިޓަލުގައި ކުރުމާއި ގުޅިގެން 3 ހަފްތާ ވަންދެން އާއިލާގެ ކައިރިއަށް ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށެވެ. އާއިލީ އެހީތެރިކަން ބޭނުންވާ ކަމަށް ޑޮކްޓަރު ލަފާ ދެއްވުމުން ޑޮކްޓަރުގެ ލަފާ ދެއްވާފައިވާ ސިޓީ އަދި އަދީބްގެ ހާލަތު އާއިލާއިން ވަނީ އެޗްއާރުސީއެމާއި ހިއްސާކޮށްފައެވެ.
އެލިޔުމަށް ބިނާކޮށް އެޗްއާރުސީއެމުން ވަނީ އަދީބް ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގާފައެވެ. މީގެ އިތުރުން އެޗްއާރުސީއެމުން އިއްޔެ ވަނީ އަދީބްގެ އާއިލީ ބޭފުޅުންނާއި ބައްދަލްކުރައްވާފައެވެ.