Last Updated: February 20, 22:44
Thursday, February 20, 2025
ޚަބަރު

މެމްބަރު އަޒުހާނާއި މުހައްމަދު ހުސެއިނު ވެސް ޖޭޕީއަށް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ދެ މެމްބަރުންނެއް މިރޭ ވެސް ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

މިރޭ ޖޭޕީއާ ގުޅިވަޑައިގަތް ދެ މެމްބަރުންނަކީ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން އަދި މާވަށު ދާއިރާގެ މެމްބަރު އަޒުހާނު ފަހުމީއެވެ. މުހައްމަދު ހުސެއިނަކީ ޖޭޕީއިން ޕީޕީއެމަށް ބަދަލުވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ދެ މެމްބަރުން ޖޭޕީއާ ގުޅުން ފާހަގަކުރުމަށް ޖުމުހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިކަން ބަދަލުވި ފަހުން ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އަންނަނީ ޖޭޕީއާ ގުޅެމުންނެވެ. އެމެމްބަރުންނަކީ ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި މެމްބަރުންތަކެއް ކަން ފާހަގަކޮށްލެވެއެވެ.