ވަރުބަލިކަމެއް ނެތި ރައީސް ނަޝީދުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޝުކުރު އަދާކުރައްވައިފިއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ސިޔާސީ ހުކުމެއްކޮށް ދީފައިވާ ބޮޑު އަނިޔާއިން ސަލާމަތްވެވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ.
Raees @MohamedNasheed ge mahchah siyaasee hukumehkoh dheefaivaa bodu aniyaainn salaamai vevadaigennevikamahtakai marhaba dhannavan.
Varubalikamehnethi emanikfaanuge minivankamah masahkaiy kurevvi enmehaa beyfulhunnah shukuriyya. pic.twitter.com/0bGoVoyWGq— Ahmed Mahloof (@AhmedMahloof) November 27, 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން، އެ މައްސަލަ ބަލައި، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 އަހަރުއެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ.
13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދުގެ މައްޗަށް އިއްވީ ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ސާބިތުވުމުންނެވެ.