އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީޕީއެމް ބައެއް މެމްބަރުންނަށް ޕާޓީ ޓިކެޓު ދިނުމަށް އެޕާޓީން ނިންމައިފިއެވެ.
ޕީޕީއެމްއިން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ މަޖްލިސް އިންތިހާބުގައި ވާދަކުރާ ބައެއް މެމްބަރުންނަށް އިތުރު ޕްރައިމަރީ އަކާއި ނުލައި ޓިކެޓު ދޭން ނިންމާފައެވެ.
ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ކުރިއަށް އޮތް މަޖްލިސް އިންތިހާބާއި ގުޅޭ މަޝްވަރާކޮށްފައިވާ ކަމަށް ޕީޖީ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވިއެވެ.
މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ރައިސް ޔާމީންގެ ކެބިނެޓު ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުވަނީ ވަނީ ވިދާޅުވެފައެވެ.
ނިހާނުވެސް ވަނީ އަންނަ މަޖްލިސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފައެވެ.