ނިމިގެން ދިޔަ ސަރުކާރުގައި ބޮޑެތި ޚިޔާނާތްތަކާއި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވާ އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެސް ރައްޔިތުންނަށް އިންސާފު ހޯއްދަވާ ދެއްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ސަރުކާރަށް ގޮވާލައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓްގައި އިތުރަށް ޝެއިޚް އިލްޔާސް ވިދާޅުވީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އަދި ދެކެންވެސް ބޭނުންވާ ދުވަހެއް ކަމަށެވެ.
Nimigendhiya sarukarugai Bodethi khiyanaathakai jareemathah hingafavaa faraththakamedhu avas fiyavalhu alhuvvai insaafuge kurimachcha a meehun genas rayyithunnah insaafu hoadhadhevvumah sarukarah govalan
Mi e rayyithunge v bodu ummeedheh adhi dheken ves beynuva dhuvaheh— Ilyas Hussain (@shkilyas) November 28, 2018
"ނިމިގެން ދިޔަ ސަރުކާރުގައި ބޮޑެތި ޚިޔާނާތްތަކާއި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވާ އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެސް ރައްޔިތުންނަށް އިންސާފު ހޯއްދަވާ ދެއްވުމަށް ސަރުކާރަށް ގޮވާލަން.މިއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އަދި ދެކެންވެސް ބޭނުންވާ ދުވަހެއް" ޝެއިިޚް އިލްޔާސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ބޮޑެތި ޚިޔާނާތްތަކާއި ޖަރީމާތައް ހިންގާފައެވެ. މިމައްސަލަތައް ވެރިކަމަށް އައުމަށްފަހު ބަލާ ރައްޔިތުންނަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމުގެ ޔަޤީންކަން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދެއްވާފައެވެ.