ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު މިފަހަރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ ތިމަރަފުށީ ދާއިރާއަށް ގިނަ މީހުން ކުރިމަތިލުމަކީ ތިމަރަފުށީ ރައްޔިތުންނަށް ލިބޭ ނުހަނު ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.
Thimarafushi dhaairaa ah gina meehun kurimathilumakee Thimarafushi Rahyithun libey nuhanu bodu sharafeh! Allah ge heyo Rahmaiyfulhaa eku mi faharuves Thimarafushee dhaairaage gondi kaamiyaabu kuraanan.
— Mohamed Musthafa (@Thimarafushi) December 4, 2018
މަޖިލިސް އިންތިޚާބަށް ސީދާ އަދި ޕްރައިމަރީތަކުން ވާދަ ކުރުމުގެ ފޯރިި ވަނީ ވަރަށް ގަދަވެފައެވެ. ކެމްޕޭން މިހާރުއްސުރެ ފަށައިގެން ކުރިޔަށްދާ އިރު ވާދަވެރިކަމުގެ ހަޅުތާލުގެ އަޑު ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުންނެވެ.