މާލެއަށް އިއްޔެ ރެކޯޑު އަދަދަކަށް ވާރޭވެހި ފެންބޮޑުވެ ގިނަ ރައްޔިތުންނަށް ގެއްލުންވެފައިވާ މި ދަނޑިވަޅުގައި، އާންމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ޝުކުރު އަދާކުރައްވައިފިއެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ޚާއްސަގޮތެއްގައި ވަނީ ޑިޒާސްްޓާ މެނޭޖްމަންޓް ސެންޓަރު، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ނަން ފާހަގަ ކުރައްވާފައެވެ.
Mi fursathugai NDMC, MNDF, MRC and Maldives Police adhi mi kamugai eheetherivedhevva aamu rayyithunnah alhugandu shukuru adhaa kurameve. (3/3)
— Ibrahim Mohamed Solih (@ibusolih) December 5, 2018
މީގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ބައެއް ގެތަަކަށް ފެން ވަދެ ކަރަންޓު ވެސް ދިޔައެވެ. އަދި ދެ ގެއަކުން މީހުން ވަނީ ބަދަލު ކޮށްފައެވެ. ފޮންބޮޑުވުމުގެ ސަބަބުން ބައެއް މީހުންގެ ސައިކަލުތަކަށް ވެސް ވަނީ ގެއްލުންވެފައެވެ.
މާލެއަށް ކުރި ވިއްސާރާގައި 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. ކަލާފާނު ސްކޫލްގައި ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރެއް ވަގުތީ ގާއިމްކޮށްފަ އެވެ. އެ ސަރަހައްދުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އެމްއެންޑީއެފްއާއި އަންމު ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.