އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހި މިއިން ދުވަހަކުވެސް ފެންބޮޑުނުވާ ވަރަށް ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިރާގުން ދެލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލަތީ އެއް ކުންފުނި ކަމަށްވާ ދިރާގުން ބުނީ އިއްޔެގެ ކާރިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް އެ ކުންފުނިން 200،000 ރުފިޔާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) ހަދިޔާކުރަން ނިންމައިފައިވާ ކަމަށެވެ.
Our thoughts and well wishes go out to the families affected by today’s flooding.
We have committed MVR 200,000 and Emergency Hotline facilities to National Disaster Management Centre to assist with the ongoing relief efforts. pic.twitter.com/xCyxX4WA97— Dhiraagu (@Dhiraagu) December 5, 2018
މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އެމަޖެންސީ ހޮޓްލައިންގެ ކަންކަން ހަރުދަނާ ކުރަން ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހީވެދިނުމަށް އިސްނެގީތީ ދިރާގަށް ޝުކުުރުއަދާ ކުރައްވާކަމަށެވެ. އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
މިއަދު މާލޭ ސަރަހައްދަށް ކުރި ވިއްސާރާއިގައި، ބައެއް ގެ ތަކަށް ފެންވަދެ ކަރަންޓް ވަނީ ކެނޑިފައެވެ. އަދި ދެ ގެއަކުން މީހުންވެސް ބަދަލު ކުރަން ޖެހުނެވެ. މިއީ ރެކޯޑު އަދަދަކަށް މާލެއަށް ވާރޭވެހި ފެންބޮޑުވި ފަހަރެކެވެ.