އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައިވާ މާބަލްތައް ތަޅާލުމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގެވި ގިނަ މަޝްރޫއުތަކެއް ފާހަގަ ކުރައްވާ އެ ހުރިހާ ކަމެއްވެސް ނެތިކޮށްލެވޭނެތޯ ސުވާލު ކުރައްވާފައެވެ.
Isalaamee Marukazu sarahahdhugai jahaafaivaa marble thah thalhaali gothah,Bridge,Hulhumale 2nd phase,Airport,dharumavantha Hospital,Laamu Link road Rasfannu,Male’ga huri park thah hedhi Maguthah,badharu, Kurihai Imaaraiythah hinki binthakaa D.Airport thah nahthaalan kereynebaa?
— Abdul Raheem Abdulla (@Banafsaa) December 5, 2018
" އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައިވާ މާބަލްތައް ތަޅާލި ގޮތަށް، ބްރިޖް، ހުޅުމާލެ 2 ވަނަ ފޭސް، އެއާޕޯޓް، ދަރުމަވަންތަ ހޮސްޕިޓަލް، ލާމު ލިންކް ރޯޑު، ރަސްފަންނު، މާލޭގައި ހުރި ޕާކްތައް، ހެދި މަގުތައް، ބަނދަރު، ކުރިހާ އިމާރާތްތައް، ހިއްކި ބިންތަކާއި ޑޮމެސްޓިކް އެއާޕޯޓްތައް ނައްތާލަން ކެރޭނެބާ؟" އަދުރޭ ވިދާޅުވިއެވެ.
އިސްލާމިކް މަރުކަޒުގައި ވަށައިގެން ޖަހާފައިވާ މާބަލްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަޅާލުމުގެ މަސައްކަތް ފެށިއިރު، މާލޭގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެ މަގު އަލުން ހުޅުވާ ދިނުމަށް އެދިފައެވެ.