Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކޮށްފި

ފޮޓޯ: ސީއެންއެމް

މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހޯދުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހ. ސިލްވަރީން، އިސްމާއިލް އާސިފަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ހުއްދައާއި އެއްގޮތަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކޮށްފިއެވެ.

އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސިފް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަވެފައިވާ ކަމަށެވެ. އަދި ފޯމްތައް ޕްރޮސެސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. މީގެ އިތުރުން އަދީބުގެ ބައެއް ސަޕޯޓަރުން ވެސް ގެންދަނީ އެޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.