ފަނޑިޔާރުގެއިން ހުކުމެއް ކުރަންވީމަ ވަރަށް އަވަސް ކަމަށާއި، އެހެން ނަމަވެސް އިޚްލާސްތެރިވާންވީމަ ފަހަތު ފަޔަށް ބަރުވަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނަށް އިޝާރާތް ކުރައްވާ، މޫސާ އިއްޔެ ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ. އޭގެ ތެރެއިން ފުރަތަމަ ޓްވީޓްގައި އޭނާ ވިދާޅުވީ ކޮރަޕްޝަން ނައްތާލަން ވެސް އަދި އަނިޔާވެރިކަމުން މިންޖުވާން ވެސް ގާނޫނުތައް ހުރީ ހެދިފައި ކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ނެތީ އިޚްލާސްތެރިކަމާއެކު ވަކި މީހެއްގެ ފައިދާއަށް ނުބަލާ ގާނޫނުތައް ތަންފީޒު ކުރުމުގެ ހިތްވަރު ކަމަށް ވެސް މޫސާ ވިދާޅުވިއެވެ.
Corruption nahthaalan ves, adhi aniyaaverikamun minjuvaan ves ,insaafu qaim kurumahves ,qaanoonuthah huree hedhifa alhugandumenge thereyga nethee ikhlaastheri kamaa eku vaki meehegge faidhaa ah nubalaa qaanoonuthah thanfeezu kurumuge hihvaru
— Moosa Maniku (Reeko) (@ReekoMoosa) December 9, 2018
ދެވަނަ ޓްވީޓްގައި މޫސާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ފަރާތަކުން ޤާނޫނެއް ހަދަންވީމަ 24 ގަޑިއިރުތެރޭ ޤާނޫނެއް ހެދޭ ކަމަށެވެ. ޤާނޫނު އަސާސީއަށް އިސްލާހެއް ގެންނަންވީމަ ވެސް ހަމައެހާ އަވަސް ކަމަށެވެ. އިތުރަށް އެ ޓްވީޓްގައި މޫސާ ވިދާޅުވީ ފަނޑިޔާރު ގެއިން ހުކުމެއް ކުރަން ބޭނުންވީމަ ހަމަ އެހާ އަވަސް ކަމަށެވެ.
Majleehuga Majority onna faraathakun Qaanooneh hadha v ma 24 gadiiru theteyga qannoonu hedhey QA ah islaaheh genna v ma ves hama ehaa avas ,fandiyaarugeyn hukumeh kuran beynun vma ves ham ehaa avas ?Ikhlaastherivaan v ma fahathu fayah baru vanee
— Moosa Maniku (Reeko) (@ReekoMoosa) December 9, 2018