Last Updated: November 27, 09:34
Wednesday, November 27, 2024
ޚަބަރު

2019 ވަނަ އަހަރު ޖެކީ އަދި އަނިލް އެކުގައި ފިލްމަކުން ފެންނަނީ!

2019 ވަނަ އަހަރު ޖެކީ ޝްރޮފް އަދި އަނިލް ކަޕޫރު އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް އެ ދެތަރިން ބުނެފިއެވެ.

ބޮލީވުޑްގެ ފަނޑުނުވާ މި ދެ ތަރިން މިހެން ބުނެފައިވަނީ ހަނޫމާން ނަގަރްގެ، ދޭޝްމުކް ކޮލެޖްގެ ހޯލްގައި ބޭއްވުނު އިންޑިއާގެ ސަގާފީ ފެސްޓިވަލެއްގައި ބައިވެރިންނާއި މުޚާތަބްކޮށް ދެއްކި ވާހަކައިގައެެވެ.

އަދިވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލް މި ދެތަރިން ވަނީ ބައިވެރިންނަށް އެ ދެމީހުންގެ ސިއްރުތަކެއް ކިޔާދީފައެވެ. " އަހަންނަކީ އަބަދުވެސް ޖެކީގެ ހެދުން އެޅުމުގެ ސްޓައިލް ވަރަށް ކަމުދާ މީހެއް. އަހަރެން އޭނާގެ ފަޓުލޫނުތައް ހޯދައިގެން ފިލްމް "ވިރާސަތު" ގައި ލައި އުޅުނިން އަދި ފާއިތުވި 21 އަހަރު އެ ފަޓުލޫނުތައް އަހަރެންގެ އަލަމާރީގައި ސަމާލުކަމާއެކު ބެހެއްޓިފައި އެބަހުރި. " އަނިލް ބުންޏެވެ.

އަނިލްއަކަށް ދޫކުރުމެއްމެތި ޖެކީ ވެސް ވަނީ މައިކް އަތުލުމަށްފަހު އަނިލްގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ." މިލްމެއްގެ ޝޫޓިންގ އެއްގައި އުޅެނިކޮށް އެއް ދުވަހަކު އަނިލް އަހަރެންގެ މޫނު މަތީގައި ޖެހުމުގެ ސަބަބުން ދަތުވީ ތަނަށް އަހަރެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަން ޖެހުނު" އަނިލް ބުންޏެވެ.

ދެ ތަރިންގެ ތެރެއިން ދޮށީ މީހާ ކަމަށްވާ އަނިލް ވަނީ އޭނާގެ ވަރަށް ގިނަ އެކުވެރިން ތިބޭ ކަމަށާއި އެހެން ނަމަވެސް އަނިލް އަކީ ވަރަށް ޚާއްސަ މީހެއް ކަމަށް ބުނެފައެވެ.

ބެލުންތެރިންގެ ފަރާތުން އެ ދެތަރިން ދެން އެންމެ އަވަހަށް އެކުގައި ފެނިގެންދާނެ ކިހާތާކުތޯ ކުރި ސުވާލަށް ޖަވާބު ދެމުން އަނިލްއާއި ޖެކީ ވަނީ 2019 ވަނަ އަހަރު އެ ދެމީހުން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ބުނެފައެވެ. ފިލްމް އުފައްދާ ފަރާތަކުން އެމީހުންނަށް އެކުގައި މަސައްކަތް ކުރުމަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށް އަނިލް އާއި ޖެކީ ބުންޏެވެ.