ކުރީގެ ޑިފެންސް މިނިސްޓަރު އަހްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލްކޮށްފި އެވެ.
ނާޒިމް އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެޓޯލްސް މިނިސްޓްރީ އަށް 15000 ދިދަ ހޯދުމަށް ކުރި ބިޑެއް ނާޒިމް ކުންފުނި ނަމިރާ އިންޖިނިއަރިން އާއި އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ކުރި ދައުވާ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ސާބިތު ނުވުމާ ކަމަށް ނިންމާފައިވަނިކޮށެވެ.
އެ ދެ ބޭފުޅުންނަަށް އިއްވާފައިވާ ހުކުމް ވެސް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން އަމުރުކޮށްފަ އެވެ. އަދި ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ކުރި އެ ހުކުމް އަލުން ރިވިއުކޮށް ގޮތެއް ނިންމުމަށް ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 3:45 އަށެވެ.
ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެއަށް ފަހު އިނގިރޭސި ވިލާތަށް ބަދަލުވެވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ދާދި ފަހުން އަމުރުކުރުމާ ގުޅިގެންނެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލައިގައި ހުކުމްކުރުން ތާވަލުކޮށްފައި ވަނީ މިއަދު ހަވީރު 4:45 އަށެވެ. ނާޒިމް 11 ޖަލަށްލާފައިވަނީ އޭނާ ދިރިއުޅުއްވި ގ. އެނިފްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލައިގައިގަ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާކުރުމުން 2016 ވަނަ އަހަރު އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ ބޭފުޅުން މިނިވަންކުރަން ވަނީ ފަށާފައެވެ. މިކަން ފަށާފައިވަނީ ސަރުކާރު ބަދަލުވުމާއި ގުޅިގެންނެވެ.