ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 100 މިލިއަންއަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 100 މިލިއަންއަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށާއި، އެ ފައިސާ ދޫވެއްސަށް ވައްދާ ރުބެލް ލައްވާ ގުނާ ބޭންކަށް ވައްދާފައިވާ ކަމަށެވެ.
Raees Yameenu ge account ga huri 100 million akee MMPRC ge Faisaa, dhoovesah vadhaa Rubel lavaa Gunaa , Bank ah Jamaa kuri faisaa, mi faisaa ACC gasthuga nuhoadhi namaves 100 dhuvas therey Raees IBU 100 million e hoadhaifi, ekamu ACC miyadhuves Raees Yameenu himaayathuga!!
— Mohamed Musthafa (@Thimarafushi) December 18, 2018
އިތުރަށް މުސްތަފާގެ ޓްވީޓްގައި ވަނީ އެ ފައިސާ އެންޓި ކަރަޕްޝަން ކޮމިޝަން(އޭސީސީ)އިން ގަސްތުގައި ނުހޯދި ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަސްތެރޭގައި ވަނީ 100 މިލިއަން ހޯއްދަވާފައިކަމަށެވެ.
އެހެން ނަމަވެސް މިއަދު ވެސް އޭސީސީ ރައީސް ޔާމީންގެ ހިމާޔަތުގައި ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.