Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ޖަމިއްޔާތަކުގެ ރެޖިސްޓްރާގެ މަޤާމަށް ނަޒީރު އައްޔަންކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު . ފޮޓޯ: ހޯމް މިނިސްޓްރީ ޓްވިޓާ

ޖަމިއްޔާތަކުގެ ރެޖިސްޓަރާގެ މަޤާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އައްޔަންކުރައްވައިފިއެވެ.

ޖަމިއްޔާތަކުގެ ރެޖިސްޓަރާގެ މަޤާމަށް އަލީ ނަޒީރު ހަމަޖެއްސެވިކަން އެމިނިސްޓްރީން ހާމަކޮށްފައިވަނީ މިއަދު އެވެ. އެމަޤާމަށް ނަޒީރު ކަނޑައަޅުއްވާފައިވަނީ ޖަމިއްޔާތަކާއިބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމުގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ މިއަދު އެވެ.

ހޯމް މިނިސްޓްރީގެ ޓްވީޓާގައި ކޮށްފައިވާ ޓްވީޓްގައި ވަނީ " ޤާނޫނު ނަމްބަރު 1/2003 (ޖަމިއްޔާތަކާއިބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، "ޖަމިއްޔާގެ ރަޖިސްޓްރާ" ކަމަށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު މިއަދު ކަނޑައަޅުއްވައިފި." މިހެންނެވެ.